ލ.މާމެންދޫއިން ޝިމާގެ ކޮއްކޮ ޑިންގީއަކަށް ލައިގެން ގެންދަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ތިިންމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ސިކްސް ސެންސް ރިސޯޓު ކައިރިން 16 އަހަރުގެ އަންހެންކުއްޖަކު ގޮވައިގެންދިޔަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ޑިންގީ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.
އިއްޔެ 16:00ހާއިރު ހިނގި މި ހާދިސާގައި ހައްޔަރު ކުރި ތިންމީހުންގެ ތެރެއިން ކޮންމެ މީހަކަށް 15 ދުވަހުގެ މުއްދަތެއް ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.