މަނިޔަފުށި މެރިކަލްޗާ ރިސާޗް އެންޑް ޑިވަލޮޕްމަންޓް ފެސިލިޓީގެ ކޮންސްޓްރަކްޝަން މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއި އެސްޖޭ ކޮންސްޓަރަކްޝަނާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ކ. އަތޮޅު މަނިޔަފުށީގައި މެރިކަލްޗާ ރިސާޗް އެންޑް ޑިވަލޮޕްމަންޓް ފެސިލިޓީ ހެދުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސުން އެ މަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލުމަށްފަހުއެވެ.
މަނިޔަފުށި މެރިކަލްޗާ ރިސާޗް އެންޑް ޑިވަލޮޕްމަންޓް ފެސިލިޓީގެ މަސައްކަތަކީ ވޯލްޑް ބޭންކުން ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ކަންކަން އާލާކުރުމަށް މަސައްކަތް ކުރުމަށް ދިން އެހީން ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.