ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިތިއޯޕިއާގެ ފޮރިން މިނިސްޓަރު ޑރ. ވޯކްނޭ ގެބެޔެހޫ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވަވައިފި އެވެ.
މިނިސްޓަރު ޝާހިދު އިތިއޯޕިއާގެ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވަވާފައި ވަނީ އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާ ކައިރިއަށް އިތިއޯޕިއަން އެއާވޭޒްގެ ފްލަައިޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.
މިނިސްޓަރު ޝާހިދު ފޮނުއްވެވި މެސެޖުގައި ވަނީ އިއްޔެ ހިނގި އެ ހިތާމަވެރި ހާދިސާގެ ވާހަކަ އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ މިހިތާމަވެރި ދަނޑީވަޅުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވަވައިފައެވެ.
އިއްޔެ ހިނގި އެ ހާދިސާގައި އިތިއޯޕިއާގެ ވެރިރަށުން ފުރައިގެން ކެންޔާގެ ނައިރޯބީއަށް ދަތުރުކުރި ފްލައިޓް ވެއްޓިފައި ވަނީ ނައްޓަލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. 149 ފަސިންޖަރުންނާއި 8 ފަޅުވެރިންނާއެކު ދަތުރުކުރި މި ބޯޓުން މިހާތަނަށް އެއްވެސް މީހަކު ސަލާމަތްވެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.