ޚަބަރު

ހެލްމެޓް އަޅައިގެން ފައިސާތަކެއް ފޭރުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި، ފޭރުނީ 2.3 މިލިއަން ރުފިޔާ

ހިނގާފައި ދިޔަ މީހަކަށް ހަމަލާދީ ޒަހަމުކޮށްލުމަށްފަހު، ފައިސާތަކެއް ފޭރުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ދެ މީހަކާއި ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ހެނދުނު 9:53 ހާއިރު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ހިނގި އެ ހާދިސާގައި ފޭރިގެންފައިވަނީ 2،377،881.99 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ސައިކަލުގައި އައި ހެލްމެޓް އަޅާފައި ތިބި ހަތަރު މީހުން ވެގެނެވެ. އެ ހާދިސާގައި ޒަހަމްވެފައިވަނީ ދިވެއްސެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.