ޚަބަރު

އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ

03 Oct 01:12

އަޒްހާން ހަށިގަނޑު ފެނުނު ނަމަވެސް ފޯނު ފެނިފައެއް ނުވޭ. މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް އަދި ތުހުމަތެއް ނުކުރެވޭ: ފުލުހުން

03 Oct 01:09

ހައިލީ ޑިކޮމްޕޯސްޓް ސްޓޭޖެއްގައި ހަށިގަނޑު އޮތީ. މިސިން ޕާސަން ކޭސްގައި އެއްވެސް ބަޔަކާ ގުޅުމެއް އޮތް ކަމަކަށް ކުރިން ފެންނާކަށް ނެތް. މިހާރުން ފެށިގެން ދެން ކުރިއަށްދާނީ ހޮމޮސައިޑް ކޭސްއެއްގެ ގޮތުގައި ބަލައިގެން: ފުލުހުން

03 Oct 01:06

ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ހުރިތޯ ބުނަން އަދި އުނދަގޫ. ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި. އާއިލާއާވެސް ވާހަކަ ދެކެވިފައި ވަނީ: ފުލުހުން

03 Oct 00:50

03 Oct 00:47

އަޕްޑޭޓް: އެނގިފައިވާ ގޮތުގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކް ކުރިމައްޗަށް އޮންނަ ވަލުގެ ތެރެއިން، ހަށިގަނޑު މިހާރު ވަނީ ފުލުހުން ގެންގޮސްފައި

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، އަޒްހާން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު އޮޕަރޭޝަނެއްގައި މިއަދު 17:45 އެހާކަންހާއިރު އޭނާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކް ސަރަހައްދުންނެވެ. އެއީ އަޒްހާން އެންމެ ފަހުން ފެނުނު ރެޑްބުލް ދަނޑު ސަރަހައްދެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ. އަދި އޭގެ ކުރިން އާންމު ރައްޔިތެއްގެ ފަރާތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށެވެ.

އަޒްހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 19 ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.