ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބަންޑްވޯލް ޖެހުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓުގައެވެ.
މި މަޝްރޫއުގެ ދަށުން 17 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި އެއާޕޯޓް ގާއިމުކުރުމަށްޓަކައި 8.30 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 3،339 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން އެ ހުރިހާ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރީ 206.88 މިލިއަން ރުފިޔާއަށެވެ.