އއ.މަޑިވަރު ފިނޮލު ކައިރީ މޫދުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެއީ އުމުރުން 70 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިއެކެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ލިބުނީ މިއަދު 14:34 އެހާކަންހާއިރު ކަމަށާއި އެމީހާ އއ.އަތޮޅު ހޮސްޕިޓަލަށް ގެނައި އިރުގައިވެސް މަރުވެފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހާ އަކީ އއ.ތޮއްޑޫ ސަމައިން ގެސްޓް ހައުސްއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅުނު މީހެއް ކަމަށެވެ.