ރައީސް އިބްރާހީމް މުހައްމަދު މިއަދު ހެނދުނުގެ ސައިފޮދު ރައީސް އޮފީހުގެ ކަނބަކުންނާ އެކު ހިއްޕަވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮފީހުގެ 50 ޕަސެންޓަކީ އަންހެން މުވައްޒަފުން ކަމަށެވެ.
ރަައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވީ އެ ކަނބަލުންނާއެކު ހެނދުނުގެ ސައިފޮދު ހިއްޕެވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއަށް ދެކޭ ވިސްނުމަށް ވާސިލުވުމުގައި ރައީސް އޮފީހުގެ ކަނބަލުން އަންނަނީ މުހިއްމު ހިއްސާތަކެއް ވަމުން. އެ ވިސްނުމަކީ ކަނބަލުންނަށްވެސް ހަމަހަމަ ފުރުސަތުތައް ލިބުން،" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ އެފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.