ޚަބަރު

"ގާޒީ ސޭލް 2022" 6 އޮކްޓޫބަރުގައި ފަށަނީ

ހުޅުމާލެ ގާޒީ ސްކޫލްގެ ޕީޓީއޭގެ ފަރާތުން ބާއްވާ "ގާޒީ ސޭލް 2022" އަންނަ އޮކްޓޯބަރު މަހުގެ ހައެއްގައި ފަށަން ނިންމައިފިއެވެ.

މި ސޭލަކީ ގާސީ ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ބައެއް ކަންކަން ހަމަޖެއްސުމުގައި ޕީޓީއޭގެ ފަރާތުން އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ސޭލެކެވެ.

ގާޒީ ސްކޫލްގެ ގޯތި ތެރޭގައި މިސޭލް ބާއްވަނީ، ސޭލްގައި އެއްޗެހި ވިއްކަން ބޭނުންވާ ފަރާތްތަކަށް ސްޓޯލް ވިއްކައިގެންނެވެ.

އޮކްޓޫބަރު ހަޔަކުން 15 އަށް ކުރިއަށް ގެންދާ މި ސޭލުގައި އެއްޗެހި ވިއްކަން ބޭނުންވާ ފަރާތްތަކަށް ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޯލެއްގެ އަގަކީ 5000 ރުފިޔާއެވެ.

މި ސޭލުން ކެންޓީނު ކުއްޔަށް ނަގާ ފަރާތްތަކަށްވެސް ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. ސްޓޯލްތަކާ ހިލާފަށް ކެންޓީން ކުއްޔަށްދިނުމަށް ހަމަޖެހިފައި ވަނީ އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

ގާޒީ ސްކޫލުން ބުނީ، މި ސޭލުން ސްކޯލް ނަގަން ބޭނުންވާ ފަރާތްތަކުން 9785533 ފޯނު ނަމްބަރާ ގުޅުމުން ސޭލާބެހޭ އިތުރު މައުލުމާތު ލިބޭނެ ކަމަށެވެ. އޭރުން ސްޓޯލް ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމާއި، ކަމާގުޅޭ އެހެނިހެން ކަންތައް ހަމަޖެހޭނެކަމަށްވެސް ބުންޏެވެ.

މިސޭލް ކުރިއަށް ދާނީ ސޭލް އޮންނަ ކޮންމެ ދުވަހެއްގެ، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.