މިނިސްޓަރު އަހުމަދު މަޙުލޫފް

މަހުލޫފު ނިހާނަށް: ވަޒީރުކަމުން ވަކިކޮށް މަގުމަތީގައި ސަލާން ޖަހަން ޖެހުނަސް ހުންނާނީ މިގޮތުގައި

ޝަހީދާ އަބްދުﷲ ސައީދު

ވަޒީރު ކަމުން ވަކިކޮށް މަގުމަތީގައި ސަލާން ޖަހަން ޖެހުނަސް ހުންނަވާނީ އެގޮތުގައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ޓުވީޓު ކުރައްވާފައި ވަނީ މަހުލޫފް އެމްޑީޕީ ދޫކުރައްވައި ރައްޔިތުންގެ ފަޅިއަށް ވަޑައިގަތުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އެދިވަޑައިގަތުމާ ގުޅިގެންނެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގޭގައި ހުންނަވަން ޖެހިވަޑައިގަތަސް އަދި ވަޒީރު ކަމުުން ވަކިކުރެއްވިޔަސް، އަދި މަގުމަތީގައި ސަލާން ޖަހަން ޖެހުނަސް ހުންނަވާނީ އެގޮތުގައި ކަމަށެވެ. މިހާރު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ވެސް ދޮގުވެރި، މަކަރުވެރި އެމްޑީޕީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަވަހަށް ބަދަލުވެ ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އަހުމަދު މަހުލޫފް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރައްވައި ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު އެންގެވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފްގެ އެކައުންޓުން މަހުލޫފަށް ވެސް ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ހިމަނާފައި އޮތުމާ ގުޅިގެންނެވެ.