އަމިއްލަ ނަފުސު ތަރުބިއްޔަތު ކުރުމަކީ ނުވަތަ ސެލްފްޑިސިޕްލިން އަކީ ކޮބައިބާވައެވެ. މިއީ މުހިންމު ގޮތެއްގައި ތިމާގެ އަމަލުތަކާއި އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމުގެ ދާއިމީ ގޮތެއްގައި ދެމިހުންނަ ގާބިލުކަމަކަށް ކިޔާނަމެކެވެ. މާލީގޮތުން ބަލާނަމަ، މިބަސް ބޭނުން ކުރެވެނީ، ރަނި ދެއްކުމާއި، ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ ޕްލޭންތަކުގައި ވަކި ގޮތަކަށް ބައްޓަންވެ ހުރުމުގެ ގާބިލުކަމެވެ. ހަރުދަނާ މީހެއް ނަމަ ތިމާގެ އަމިއްލަ ބޭނުންތައް ފުއްދުމަށް އަމިއްލަ މަސައްކަތުން ފޯރުންތެރިކަން ލިބިގަތުމާއި އަނެކާ ގާތުގައި ސަލާން ޖަހަން ޖެހޭ ވަރަށް ތިމާގެ ހާލަތު ދިޔަނުދޭން ރޭވުންތެރިކަން އިސްކުރުމާއި ފަހަށް ރައްކާކުރުމާއި ވަކިގޮތަކަށް ބަހާލައިގެން ހަރަދު ކުރުންފަދަ ކަންތައްތައް ހިމެނެއެވެ.
މިބުނާ ސެލްފްޑިސިޕްލިންގެ ބޮޑުބައެއް ގުޅިފައިވަނީ އިހުތިޔާރާއި، ތިމާގެ ޝައުގުވެރިކަމާއި އަމަލުތައް ކޮންޓްރޯލް ކުރުމާއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް އިހުތިޔާރެއް ނެތި ޝައުގުވެރިވާ އަމަލުތަކާއި ބޭނުންތައް ފުއްދުމުގައި ހިފެހެއްޓުމެއް ނެތްނަމަ އެވާނީ އެއްވެސް ގޮތެއް ނެތް މީހަކަށެވެ. އެހެންކަމުން ސެލްފްޑިސިޕްލިން ބިނާވަނީ ނަފުސަށް ބާރުފޯރުވައި ވަގުތާއި ހާލަތާއި ތަނަށް މީހާ ފުރިހަމައަށް ލޯހުޅުވި ކެރިގެން ސާބިތުވެހުރުމާއެވެ.
މިސެލްފް ޑިސިޕްލިން ނުވަތަ ނަފުސު ތަރުބިއްޔަތު ކުރުމުގެ ސަބަބުން ދިމާވާ ފަސޭހަތަކާއި ލިބޭ ފައިދާތައް މަދެއް ނޫނެވެ. ތިރީގައި މިހިމަނާލަނީ މިފަދަ ފައިދާތަކެވެ.
ދެން މިއޮތީ ދަރަނި ދެއްކުމާއި، ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ ޕްލޭންތަކުގައި އަމިއްލަ ނަފުސަށް އިންވެސްޓް ކުރުމެއްގެ ގޮތުގައި ވިސްނާށެވެ. ތިރީގައި މި ހިމާނަލަނީ ތިމާއަށް ހައްގު ރަނގަޅު ދިރިއުޅުމަކަށް ގެންދިއުމަށްޓަކައި ސެލްފް ޑިސިޕްލިންގެ ހަތް އެހީއެއް ފާހަގަކޮށްފައެވެ. އެކަމަށް މަސައްކަތް ކުރުމުން ތިމާ ދަރަނިވެރިނުވެ ފަހަށް ރައްކާ ކުރުމުގައި ކާމިޔާބުވެ އަމިއްލަ ނަފުސަށްވެސް ކަންތައްތަކެއް އިންވެސްޓް ކުރެވުނީއެވެ.
ދެން މިހިމަނާލަނީ އާންމުކޮށް ނަފުސު ތަރުބިއްޔަތު ކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތަކެވެ. މިކަމުގައި މާލިއްޔަތުގެ ބަޔަށްވުރެން ދިރިއުޅުމުގެ އެހެނިހެން ކަންތައްތަކަށްޓަކައި ތިމާގެ ނަފުސު ހިފެހެއްޓުމަށް އަމާޒުކޮށް އަލިއަޅުވާލާފައިވާނެއެވެ.
މިހިސާބުން ދެން ބަލައިލާށެވެ. ތިމާ މީހަކަށްވެފައިވާ ތަން ފެންނާނެއެވެ. ތިމާއަކީ ލާޗާރު، ގޮތެއް ނެތް މީހަކަށްވީއިރު ބަލައިނުގަތް އެންމެން މިހާރު ބަލައިގަންނާނެއެވެ. މިހުރިހާ ދިގު ގިނަ ކަންތައްތައް ތަރުތީބުން ބަލަހައްޓައި ކަމޭހިތަމުން ދިޔައިރު ހަގީގަތުގައި ތިކުރެވުނީ ކީއްކަން އެނގޭހެއްޔެވެ. ތިކުރެވުނީ ވަރަށް ފަސޭހަ ކުޑަކުޑަ ކަމެކެވެ. ތިކުރިހާވެސް ކަމަކީ ތިމާގެ އިހުސާސްތަކަށް ބާރުފޯރުވުމާއެކު އަމިއްލަ ބޭނުންތައް ކޮންޓްރޯލްކޮށް އެންމެ އެކަށީގެންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފިޔަވަޅެއް އެޅީއެވެ. އެކަމަކު މިހުރިހާ ކަމެއް ނުކޮށް ތިހިސާބަށް އާދެވުނީސްބާވައެވެ! ދެން ފަހަރަކުން ދިގު ލިސްޓެއްގެ މަސައްކަތް ފުރިހަމަ ކުރުމުގެ ބަދަލުގައި ވަރަށް ކުޑަކުޑަ އާދައިގެ ގޮތަކަށް ކާމިޔާބީއާ ހަމައަށް ގޮސް ނަފުސު ތަރުބިއްޔަތުކޮށް ރަނގަޅު އަހުލާގެއްގެ ވެރިއަކަށް ވެގަންނާށެވެ.