ވައްކަމާއި ފޭރުން

ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހަކު، މީހަކަށް ހަަމަލާދީ ފައިސާތަކެއް ފޭރިގެންފި

ހިނގާފައިދިޔަ މީހަކަށް ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު، ފައިސާތަކެއް ފޭރިގެންފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ހިނގި އެ ހާދިސާގައި ޒަހަމްވި މީހާ ވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި އެ މީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ސައިކަލުގައި އައި ހެލްމެޓް އަޅާފައި ތިބި ހަތަރު މީހުން ވެގެނެވެ. މިއަދު ހެނދުނު 9:53ހާއިރު ފުލުހުންނަށް މިހާދިސާ ރިޕޯޓްކޮށްފައިވާ އިރު މި ހާދިސާގައި ޒަހަމްވެފައި ވަނީ ދިވެއްސެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިޔަ އިރު ހަމަލާދިން ހަތަރު މީހުން ފިލާފައި ވުމުން ފުލުހުން އަންނަނީ އެ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.