ޚަބަރު

ދިރާގުން އައިފޯން 14 ޕްރީއޯޑާ ކުރި މީހުންނަށް ފޯނު ހަވާލުކުރަން ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ އެންމެ ފަހުގެ އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސް ޕްރީއޯޑަރު ކުރުމަށް މިދިޔަ ހުކުރު ދުވަހު ހުޅުވާލުމާ އެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ހުސްވި ކަމަށެވެ. އަދި ކަސްޓަމަރުންގެ ހޫނު ތަރުހީބުގެ ސަބަބުން، އާ ސްޓޮކް ލިބުމުން މި ހަފުތާ ތެރޭގައި އާ އައިފޯން ގަތުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލާނެ ކަމަށް ބުންޏެވެ.

އައިފޯން ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުންވެސް ގަނެވޭނެއެވެ. އަދި ދިރާގު މެދުވެރިކޮށް އައިފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު ފަސް ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

ދިރާގުން އައިފޯނު 14 ވިއްކާ އަގުތައް:

  • އައިފޯން 14 ޕްރޯ، 128 ޖީބީ - 23،899 ރުފިޔާއަށް
  • އައިފޯން 14 ޕްރޯ، 256 ޖީބީ - 24،899 ރުފިޔާއަށް
  • އައިފޯން 14 ޕްރޯ، 512 ޖީބީ - 30،999 ރުފިޔާއަށް
  • އައިފޯން 14 ޕްރޯ މެކްސް 128 ޖީބީ - 26،299 ރުފިޔާއަށް
  • އައިފޯން 14 ޕްރޯ މެކްސް 256 ޖީބީ - 27،199 ރުފިޔާއަށް
  • އައިފޯން 14 ޕްރޯ މެކްސް 512 ޖީބީ - 33،299 ރުފިޔާއަށް

ދިރާގުން އައިފޯނު 14 އިންސްޓޯލްމަންޓަށް ވިއްކާ އަގުތައް:

  • އައިފޯން 14 ޕްރޯ، 128 ޖީބީ - 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހެނީ 1،799 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ
  • އައިފޯން 14 ޕްރޯ، 256 ޖީބީ - 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހެނީ 2،009 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ
  • އައިފޯން 14 ޕްރޯ، 512 ޖީބީ - 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހެނީ 2،449 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ
  • އައިފޯން 14 ޕްރޯ މެކްސް 128ޖީބީ - 12 މަހަށް ބަހާލައިގެން، މަހަކު ދައްކަން ޖެހެނީ 2،019 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ
  • އައިފޯން 14 ޕްރޯ މެކްސް 256 ޖީބީ - 12 މަހަށް ބަހާލައިގެން، މަހަކު ދައްކަން ޖެހެނީ 2،229 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ
  • އައިފޯން 14 ޕްރޯ މެކްސް 512 ޖީބީ - 12 މަހަށް ބަހާލައިގެން، މަހަކު ދައްކަން ޖެހެނީ 2،669 ރުފިޔާ؛ ފުރަތަމަ މަހު އެޑްވާންސްގެ ގޮތުގައި 4،999 ރުފިޔާ

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް ކަމަށެވެ.