ޚަބަރު

އަމީނީ މަގު ހަދަން ގަސްތައް ކަނޑާތީ މަޖިލިސް ރައީސް ކަންބޮޑުވެވަޑައިގެންފި

އިބްރާހިމް ޒަކީ

ތާރު އަޅައިިގެން މާލޭގެ އަމީނީ މަގު ހެދުމަށްޓަކައި އެ މަގުގައ ހުރި ގަސްތައް ކަނޑަަށް ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލާއި މޯލްޑީވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަޜޭޝަނުންވެސް ގަސްތައް ނުނަގާ މަގުތައް ހެދޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީން އިއްޔެ ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށްފަހު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ބަދަލުކުރާނެ ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން އެ މަގުން ނެގި ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށް ވިދާޅުވިއެވެ.