ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބި އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ: ރައީސް

2

އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބި އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޖަލްސާގައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ބޭނުންވާ އެއްބާރުލުން މަޖިލިސް ތެރެއިން ބޭނުންފުޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފަ އެވެ.

"މިހާރުވެސް ދަތިތައް އެބަހުރި. އުނދަގޫތައް ވެސް އެބަހުރި. އެކަމަކު އެއީ އުޒުރެއް ކަމަށް ދައްކައިގެން ކަންކަން ނުކޮށް އަޅުގަނޑުމެނަކަށް ނުތިބެވޭނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވައުދުތަކަކާ އެކުގައި ކަމަށާއި ރައްޔިތުން ވޯޓުދެއްވީ އެ ވައުދުތަކާ ގުޅިގެން ކަމަށެވެ. އެހެން ކަމުން މިއަދު އެންމެ މުހިންމު ވާޖިބަކީ އެ ވައުދުތައ ފުއްދުން ކަމަށާއި އެކަން ނުވާ ނަމަ މަގާމުގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ރިޔާސީ އިންތިޚާބަށް ފަހު އެމަނިކުފާނު އައްޑޫ ސިޓީ މީދޫއަށް ކުރައްވާ ފުރަތަމަ ދަތުރުކަން ފާހަގަކުރައްވައި، އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ދެއްވި ފުރިހަމަ ތާއީދާއި އިތުބާރަށް ޓަކައި ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީ އަދި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟