ޚަބަރު

ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ރިފާ ހަލީލު

ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ތ. ވިލުފުށީ/ ހައިވަކަރުގެ، އިބްރާހިމް އިރުފާން (21އ) އާއި މާލޭ ދަފުތަރު ނަންބަރު 521، އުޝާން އަދުނާނު (26އ) އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންކަމުން މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.