ޚަބަރު

އަލްހާންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފި

އަހުމަދު ޖައިޝަން

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީގެ ކެމްޕެއިން މިރޭ ލޯންޗުކޮށްފި އެވެ.

މިރޭ އަލްހާންގެ ކެމްޕެއިން ލޯންޗުކުރައްވާފައިވަނީ މާލޭ ހެންވޭރު ދަނޑު ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މާލޭ ހެންވޭރުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ކެމްޕެއިން ލޯންޗުކުރުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލްހާންގެ އިތުރުން ގާސިމްވެސް ވަނީ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ކެމްޕެއިން ލޯންޗުކުރުމުގެ އެ ރަސްމިއްޔާތުގައި އަލްހާންގެ ކެމްޕެއިނަށް ހާއްސަ ލަވައެއް ވެސް ވަނީ ލޯންޗުކޮށްފައެވެ.