ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީން ކުރިމަތިލާފައި ނުވާ، އެހެން ނަމަވެސް ޕީޕީއެމް އިން ވާދަކުރާ ހުރިހާ ދާއިރާތަކަކަށް ޖުމްހޫރީ ޕާޓީން ތާއީދުކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރޭގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވަނީ ޖުމްހޫރީ ޕާޓީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕީޕީއެމް އިން ތާއީދުކުރާ ދާއިރާތައް އާންމުކޮށްފައި ކަމަށެވެ.
އެހެންވެ "ގޮނަކަށް ގޮނެއްގެ އުސޫލުން" ޕީޕީއެމްގެ ދާއިރާތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ވާދަނުރާ ދާއިރާތަކަށް ތާއީދުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ހިތުރު މައުލޫމާތު ހިއްސާކުރުމަށް މާދަމާރޭ ހާއްސަ ޕްރެސްކޮންފަރެންސް އެއް ބާއްވާނެ ކަމަށެވެ.