އެގާރަ ރަށެއްގައި ފާމަސީ ގާއިމުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.
އަތޮޅުތެރޭގެ 11 ރަށެއްގައި ފާމަސީތައް ގާއިމްކުރުމާ ގުޅޭ ގޮތުން އެސްޓީއޯ އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދު މެންދުރު ފަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، އެ އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށްފަހު އާ ފާމަސީތަކެއް ސިއްހީ މަރުކަޒުގެ ގޯތި ތެރޭގައި އެސްޓީއޯއިން ހަދާނެ ކަމަށެވެ.
އެ ރަށްތަކުގައި ފާމަސީތައް ގާއިމުކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.