މަސްތުވާތަކެތީގެ މައްސަލައެއްގައި 17 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގަލޮޅު ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހައްޔަރުކޮށްފައިވާ 17 މީހުންނަކީ 18 އަހަރާއި 41 އަހަރާ ދެމެދުގެ ހުސް ފިރިހެނުން ކަމަށެވެ. އެއީ
18 އަހަރުގެ މީހެއް
20 އަހަރުގެ ދެ މީހުން
23 އަހަރުގެ މީހެއް
24 އަހަރުގެ މީހެއް
25 އަހަރުގެ މީހެއް
28 އަހަރުގެ މީހެއް
29 އަހަރުގެ ދެ މީހުން
30 އަހަރުގެ ދެ މީހުން
32 އަހަރުގެ މީހެއް
35 އަހަރުގެ މީހެއް
37 އަހަރުގެ މީހެއް
38 އަހަރުގެ ދެ މީހުން
41 އަހަރުގެ މީހެއް
އެމީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި 164 ރަބަރު ޕެކެޓާއި 10 ސެލޮފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.