ޚަބަރު

މާފުށީގައި އިންޑިއާގެ ތިން ފަތުރުވެރިޔަކު ގެނބިއްޖެ

ކ. މާފުށީގައި އިންޑިއާގެ ތިން ފަތުރުވެރިޔަކު ގެނބިއްޖެއެވެ.

ފުލުހުން ބުނީ އިންޑިއާގެ ފިރިހެން ތިން ފަތުރުވެރިން ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 3:24ގައި މާފުށީ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަހަރައްދަށް ދިޔަ އިރު، އެ ތިން ފަތުރުވެރިން އާންމުންގެ އެހީތެރިކަމާއެކު އެއްގަމަށް ގެނެސްފައިވާ ކަމަށާއި އެ ތިން ފަތުރުވެރިންނަށް މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މާފުށީ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ ގެނބުނު ތިން ފަތުރުވެރިންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.