ޚަބަރު

މަޖިލީހުގައި ތިބެންވާނީ ހެޔޮ ބަދަލުތަކަށް އެދޭ، އެކަން ގަބޫލުކުރާ ކެނޑިޑޭޓުން: ރައީސް

އަހުމަދު ޖައިޝަން

5

ރައްޔިތުންގެ މަޖިލީހުގައި ތިބެންވާނީ ރާއްޖެ ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށް އެދޭ، އެކަން ގަބޫލުކުރާ ކެނޑިޑޭޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫ މީދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ލޯންޗުކުރުމަށް އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އައްޑުއަށް ވަޑައިގެން ކެމްޕެއިނުގައި ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރުވެސް ބޮޑު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް ބޭނުންވާ ހެޔޮ ބަދަލު ގެންނާނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް އެރުވިން. އަޅުގަނޑުމެންނަށް އިންތިހާބުގައި ވޯޓު ދެއްވީ އެ ސަބަބަށްޓަކައި. އެކަން ދުވަހަކުވެސް އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މިހާރުގެވެސް މެމްބަރު ރޮޒައިނާ އަށް ރައީސްގެ ފުރިހަމަ އިތުބާރު އޮތް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟