ދިވެހި އަންހެނުންނަކީ ފިސާރި ހިތްވަރުގަދަ، ލާމަސީލު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، ދިވެހި ކަނބަލުންނަށް އެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން ކުރެއްވި ޓުވީޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުން ކަމަށާއި ދިވެހި އަންހެނުންނަކީ ފިސާރި ހިތްވަރުގަދަ، ލާމަސީލު ބައެއް ކަމަށެވެ.
"ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުން. ދިވެހި އަންހެނުންނަކީ ފިސާރި ހިތްވަރުގަދަ، ލާމަސީލު ބައެއް. މި އުފާވެރި ދުވަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން،" ނައިބު ރައީސް ފައިސަލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.