ޚަބަރު

ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީގެ 27 ކެންޑިޑޭޓަކާއި އެމްޑީއޭގެ ހަތަރު ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމައިފި

އަހުމަދު ޖައިޝަން

4

ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީ ހިމެނޭ ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ 27 ދާއިރާއެއްގެ ކެނޑިޑޭޓުންނާއި މޯލްޑިވްސް ޑިމޮކްރެޓިކް އެލާޔަންސް (އެމްޑީއޭ)ގެ ހަތަރު ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ތާއިދުކޮށް އިންތިހާބުގައި ގުޅިގެން ވާދަކުރުމަށް ނިންމައިފިއެވެ.

އެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ލިސްޓު ހާމަކޮށްފައިވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލިޝަނުން އެހެން ޕާޓީތަކާއެކު މަޝްވަރާކޮށް ނިންމި ނިންމުމާއެކު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޖުމްލަ 51 ކެންޑިޑޭޓުން ހިމެނެއެވެ.

އޭނާ ވިދާޅުވީ މިވަގުތަކީ އެހެން ހުރިހާ ކަމަކަށްވުރެ ގައުމު އިސްކުރަން ޖެހިފައިވާ ވަގުތެއް ކަމަށާއި އެންމެން އެކީގައި މަސައްކަތް ކޮށްގެން ނޫނީ ގައުމު ސަލާމަތުގެ މަގަށް ނުގެންދެވޭ ހިސާބަށް ގައުމު ގޮސްފައިވާ ކަމަށެވެ.

"އެހެންވީމަ މިކަމުން ސަލާތްކުރުމަށްޓަކައި ރައީސް ޔާމީނަށް ތާއިދުކުރައްވާ ވަރަށް ގިނަ ބަޔަކު މަޖިލިސްގެ މެޖޯރިޓީ ހޯދަން އެބަ ޖެހޭ އަޅުގަނޑުމެން އެންމެން ގުޅިގެން. އެހެންވީމަ ރައީސް ޔާމީންގެ މި ނިންމެވުމަކީ އަޅުގަނޑުމެން ރައީސް ޔާމީންނަށް ތާއީދުކުރާ ހުރިހާ މީހުން މިއަށް ތަބާ ވާން ޖެހޭ ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ ދާއިރާތަކާއި ކެންޑިޑޭޓުން:

  • ހޯރަފުށީ ދާއިރާއަށް – މުހައްމަދު އިސްމާއީލު
  • އިހަވަންދޫ ދާއިރާއަށް – އާދަމް މޫސާ
  • ބާރަށު ދާއިރާއަށް – އިބްރާހީމް ސުޖާއު
  • ދިއްދޫ ދާއިރާއަށް – މުހައްމަދު ހަސަން
  • ކެލާ ދާއިރާއަށް – އަލީ އާރިފް
  • ކުޅުދުއްފުށި ދެކުނު ދާއިރާއަށް – އަބްދުއްރަހުމާނު އިސްމާއިލް (ސޭޓު)
  • މަކުނުދޫ ދާއިރާއަށް – ޔަޝްފާ އަބްދުލްޣަނީ
  • މިލަންދޫ ދާއިރާއަށް – ހަސަން މުފީދު
  • ކޮމަންޑޫ ދާއިރާއަށް – އިބްރާހީމް ނަޝީދު
  • ފުނަދޫ ދާއިރާއަށް – އަލީ ސަލީމް
  • މަނަދޫ ދާއިރާއަށް – ހުސްނީ މުބާރަކް
  • ހޮޅުދޫ ދާއިރާއަށް – އަހްމަދު ހަމްދާން ނާސިރު
  • އަލިފުށި ދާއިރާއަށް – އަހުމަދު ހުސައިން
  • ދުވާފަރު ދާއިރާއަށް – މުހައްމަދު އަލީ
  • އިނގުރައިދޫ ދާއިރާއަށް – އިބްރާހީމް ފަލާހު
  • މަޑުއްވަރީ ދާއިރާއަށް – އާދަމް ޝަރީފް
  • ތުޅާދޫ ދާއިރާއަށް – މުހައްމަދު އަތީފް
  • އޭދަފުށީ ދާއިރާއަށް – އަހުމަދު ސަލީމް
  • ހިންނަވަރު ދާއިރާ – އަބްދުﷲ ނާޒިމް
  • ނައިފަރު ދާއިރާ އަށް – އަހުމަދު ޝިޔާމް
  • ކުރެންދޫ ދާއިރާއަށް – އާދަމް ތައުފީގު
  • ތުލުސްދޫ ދާއިރާއަށް – އަހުމަދު ސިއްދީގު
  • ގުރައިދޫ ދާއިރާއަށް – އިބްރާހިމް ނިޒާ
  • ތޮއްޑޫ ދާއިރާއަށް – މުހައްމަދު މަބްރޫކް
  • މަހިބަދޫ ދާއިރާއަށް – އަހުމަދު ޠާރިގު
  • ފެލިދޫ ދާއިރާއަށް – އިބްރާހީމް ފަޒުލް ރަޝީދު
  • ދިއްގަރު ދާއިރާއަށް – ހީނާ ވަލީދު
  • މުލަކު ދާއިރާއަށް – ޖުހައިނާ ޞާދިގު
  • ނިލަންދޫ ދާއިރާއަށް – އަބްދުﷲ ޚަލީލު
  • ކުޑަހުވަދޫ ދާއިރާއަށް – އަހުމަދު އާމިރު
  • ކިނބިދޫ ދާއިރާއަށް – އަބްދުﷲ ޚަލީލު
  • ގުރައިދޫ ދާއިރާއަށް – ޣައްސާން މައުމޫން
  • ފޮނަދޫ ދާއިރާއަށް – އަބްދުއްރަހީމް އަބްދުﷲ
  • މާވަށު ދާއިރާ – މުހައްމަދު ސައީދު
  • ވިލިނގިލި ދާއިރާއަށް – ޝަހީދު އިބްރާހީމް
  • ދާންދޫ ދާއިރާއަށް – މުހައްމަދު މުއީން
  • ތިނަދޫ ދެކުނު ދާއިރާއށް – އަހުމަދު ނިހާން ހުސައިން މަނިކު
  • މަޑަވެލި ދާއިރާއަށް – މުއާޒު މުހައްމަދު ރަޝީދު
  • ފަރެސްމާތޮޑާ ދާއިރާއަށް – ހުސައިން މުހައްމަދު ލަތީފު
  • ގައްދޫ ދާއިރާއަށް – އަހުމަދު ރަޝީދު
  • ފުވައްމުލަކު މެދު ދާއިރާއަށް – ހަސަން ޚާލިދު
  • ހިތަދޫ އުތުރު ދާއިރާއަށް – ހިނާން
  • ހިތަދޫ ދެކުނު ދާއިރާއަށް – ޑރ. އަގީލު
  • ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު
  • ފޭދޫ ދާއިރާއަށް – އިބްރާހީމް ދީދީ
  • މަރަދޫ ދާއިރާއަށް – ޝެރީން އަބްދުއްސަމަދު
  • ހުޅުމާލެ ދާއިރާއަށް – އިބްރާހީމް ފައިސަލް
  • ގަލޮޅު ދެކުނު ދާއިރާއަށް – އަހުމަދު އައްސަދު
  • މައްޗަންގޮޅި އުތުރު ދާއިރާއަށް – ޖަމީލާ އަލީ
  • މާފަންނު ހުޅަނގު ދާއިރާއަށް – ގީލާ އަލީ
  • މާފަންނު މެދު ދާއިރާއަށް – އަސްމާ ރަޝީދު
  • މާފަންނު ދެކުނު ދާއިރާއަށް – އަބްދުﷲ ރިފާއު
  • މައްޗަންގޮޅި މެދު ދާއިރާއަށް – އިބްރާހީމް މުހައްމަދު

ޕްރޮގްރެސިވް ކޯލިޝަނުން ތާއީދުކުރާ ޖޭޕީގެ ކެންޑިޑޭޓުން:

  • ހަނިމާދޫ ދާއިރާއަށް – ހުސައިން ޝަހުދީ
  • ނޮޅިވަރަމް ދާއިރާއަށް – އިސްމާއީލް ނަސީރު
  • ވައިކަރަދޫ ދާއިރާ – އަބްދުﷲ ޝަރީފް
  • ކުޅުދުއްފުށި އުތުރު ދާއިރާއަށް – ނަސްރުﷲ އިސްމާއީލް
  • ކަނޑިތީމު ދާއިރާއަށް – މުހައްމަދު ހުސައިން
  • އުނގޫފާރު ދާއިރާއަށް – އިލްހާމް އަހުމަދު
  • ކެންދޫ ދާއިރާއަށް – އަލީ ހުސައިން
  • ކެންދޫ ދާއިރާއަށް – މާޖިދު ސުލައިމާން
  • މަތިވެރި ދާއިރާއަށް – ހުސައިން މުހައްމަދު
  • މާމިގިލި ދާއިރާއަށް – ގާސިމް އިބްރާހީމް
  • ދަނގެތީ ދާއިރާއަށް – މުހައްމަދު ނާޒިމް
  • ކެޔޮދޫ ދާއިރާއަށް – މުހައްމަދު ނިޒާރު
  • ބިލެއްދޫ ދާއިރާއަށް – އަހުމަދު މުބީން
  • ވިލުފުށި ދާއިރާއަށް – ރިޔާޒު ރަޝީދު
  • ތިމަރަފުށި ދާއިރާ – އަބްދުﷲ ރިޔާޒު
  • އިސްދޫ ދާއިރާއަށް – އަލީ ހަމީދު
  • ގަމު ދާއިރާއަށް – އާދަމް އާސިފް
  • ގެމަނަފުށީ ދާއިރާއަށް – އަލީ އާދިލް
  • ތިނަދޫ އުތުރު ދާއިރާއަށް – އަބްދުﷲ އިބްރާހީމް
  • ފުވައްމުލަކު އުތުރު ދާއިރާ – ޝާހު އިސްމާއީލް
  • ހިތަދޫ މެދު ދާއިރާއަށް – ހުސައިން ސޯލިހު
  • އައްޑޫ މީދޫ ދާއިރާއަށް – މުހައްމަދު ފަރުހާދު
  • ހެންވޭރު ދެކުނު ދާއިރާއަށް – އިރުތިޝާމް އާދަމް
  • ހެންވޭރު އުތުރު ދާއިރާއަށް – އަލްހާން ފަހުމީ
  • މައްޗަންގޮޅި ދެކުނު ދާއިރާއަށް – އިބްރާހީމް މަމްނޫން
  • ވިލިމާލެ ދާއިރާއަށް – ޑރ. އަބްދުﷲ ޖަމީލް
  • ހެންވޭރު ހުޅަނގު ދާއިރާއަށް – އައިޝަތު ނާޒިމާ

ޕްރޮގްރެސިވް ކޯލިޝަނުން ތާއީދުކުރާ އެމްޑީއޭގެ ކެންޑިޑޭޓުން:

  • ކެނދިކުޅުދޫ ދާއިރާއަށް - އަޅީ މައުރޫފް
  • ވެލިދޫ ދާއިރާ - މުހައްމަދު އައްބާސް
  • މީދޫ ދާއިރާ - އަހްމަދު ސިޔާމް މުހައްމަދު
  • ކުޑަހުވަދޫ ދާއިރާއަށް – އަހުމަދު އާމިރު
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟