ޚަބަރު

އަންހެނުންގެ ދުވަހާ ގުޅިގެން އައިއެމްޑީސީން އަންހެނުންނަށް ހާއްސަ ސްކްރީނިން ޕްރޮގްރާމެއް

އަހުމަދު ޖައިޝަން

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަން މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އިން އަންހެނުންނަށް ހާއްސަ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އައިއެމްޑީސީން މިއަދު ބުނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވިޜުއަލް އިންސްޕެކްޝަން ވިތު އެސިޓިކް އެސިޑް (ވީއައިއޭ) ސްކްރީނިން އާއި އުރަމަތީގެ ސްކްރީނިން ހިލޭ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ސްކްރީނިން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އައިއެމްޑީސީން ބުންޏެވެ.

އެހެންކަމުން މާދަމާ ރޭގެ 20:00 ކުރީން އެޕޮއިންޓްމެންޓް ހެއްދުމަށް އައިއެމްޑީސީން ވަނީ އެދިފައެވެ. އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނީ 6888802 އަށެވެ.