ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީގެ ކެމްޕެއިން މާދަމާ ރޭގައި ރަސްމީކޮށް ލޯންޗުކުރުމަށް ނިންމައިފި އެވެ.
މާދަމާ ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ ކުރިއަށްދާނީ މާލޭ ކުޑަ ހެންވޭރު ދަނޑު ކުރިމަތީގައެވެ.
އެ ހަރަކާތުގައި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން ބައިވެރިވުމަށް އަލްހާން ވަނީ ދައުވަތު ދެއްވާފައެވެ.
އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ގޮތުން އަލްހާން ވަނީ މީގެކުރީންވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި އަލްހާން ވާދަކުރާ ދާއިރާ ބައިވެރިވާގޮތަށް ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.