ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރުގެ ދެވަނަ ކުއާޓާގައި މާފުށީ ބިން ހިއްކުމުގެ މަސައްކަތް ފަށާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މާފުއްޓަށް ދިމާވެފައިވާ ބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މިއަހަރުގެ ދެވަނަ ކުއާޓާގައި މާފުށީ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގުރައިދޫ ދާއިރާ ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި މާފުށީ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށާއި މިއަހަރުގެ މެދުތެރޭގައި ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ވިދާޅުވިއެވެ.

އަދި ގުޅީގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި އިއުލާން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މާފުއްޓަކީ އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރެއްވިއެވެ.