މިއަހަރުގެ ރެހެންދި އެވޯޑް 10 ފަރާތަކަށް ދެއްވައިފިއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. މާފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި އެވޯޑް ހާސިލް ކުރި ފަރާތްތަކަށް ބްރޫޗު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.
އެފަރާތްތަކަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތަށާއި، އަންހެނުންގެ ކުރިއެރުމާއި، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެންބޭފުޅުން ފާހަގަކޮށް އަގުވަޒަން ކުރުމުގެގޮތުން ދެމުން އަންނަ އެވޯޑެކެވެ.
ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކުރުންވެސް މި އެވޯޑް ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ރެހެންދި އެވޯޑް ދޭން ފެށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ހުސްވި 2018 ވަނަ އަހަރު ތިން ފަރާތަކަށް ރެހެންދި އެވޯޑް ދީފައިވެ އެވެ.