މުހައްމަދު ޖަމްޝަތް ވަހީދު
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސިނާއަތްތަކަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި ތަންތަނުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ދޭ މި އެވޯޑަށް 25 ދާއިރާއަކުން ނަން ހުށަހެޅޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އެވޯޑަށް ނަން ހުށަހަޅަން ޖެހެނީ https://tinyurl.com/mr27rw74 މެދުވެރިކޮށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މިނިސްޓްރީން ދަނީ ގިނަ ކަންތައްތަކެއް އިންތިޒާމު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.