ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އާއިޝަތު ޝާން ޝާކިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފިއެވެ.
ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ޝާން ޝާކިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުންވެސް ރުހުން ދޭން މަޖިލިސް ތަޅުމުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޝާން ޝާކިރު އައްޔަންކުރަން ހަމަޖެއްސި ގައުމުތައް:
ޝާން ޝާކިރު މިހާރު ހުންނަވަނީ ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާ ސަފީރުގެ ގޮތުގައެވެ.