އިބްރާހިމް ޒަކީ
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކ.މާފުށީގައި ގާއިމް ކުރި ހާއްސަ މޮނިއުމެންޓް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން މި މޮނިއުމެންޓް އިފްތިތާހު ކޮށްދެއްވީ މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް އެމަނިކުފާނު މިއަދު ކ. މާފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގަ އެވެ.
ކ.މާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީިން މި މޮނިއުމެންޓް ގާއިމް ކޮށްފައި ވަނީ ސަނދަރަ ބޮއްޔެއްގެ ސިފައިގަ އެވެ.
ރައީސުލް ޖުމްހުރިއްޔާ މާފުށްޓައް ކުރައްވަމުން ގެންދަވާ މި ދަތުރު ފުޅުގައި އަންހެނުންގެ ދުވަހުގެ ރަސްމީ ޖައްސާގައި ބައިވެރިވެ ވަޑައިގެން މިއަހަރު ރެހެންދި އެވޯޑަށް ހޮވިފައިވާ ފަރާތްތަށް އެވޯޑް ހަވާލުކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.