މޫނު ބުރުގާ އަޅައިގެން ތިބި ބަޔަކު ޓިނު ނަގައިގެން ޅ. ހިންނަވަރު ފިހާރައެއް ފަޅާލައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މޫނު ބުރުގާ އަޅައިގެން ތިބި ބަޔަކު ހިންނަވަރު ކްރިޕްޓަން ފިހާރަ ފަޅާލައި، ވައްކަން ކޮށްފައިވަނީ މިރޭ މަޣްރިބް ނަމާދަށްފަހުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބޭގޮތުގައި މޫނު ބުރުގައި އަޅައިގެން ތިބި ތިން މީހަކު ކްރިޕްޓަން ފިހާރައިގެ ފުރާޅު މައްޗަށް އަރައި، ޓިނު ނަގައިގެން ފިހާރަ ތެރެއަށް ވަނުމަށްފަހު ހުރިހާ ފައިސާތަކެއް ގެންގޮސްފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.