ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހަށް ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ، އެހެންވެއްޖެ ނަމަ ވައުދުތައް ފުއްދޭނެ ގޮތެއް ނެތް: ރައީސް

3

ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ ކަމަށާއި އެހެންވެއްޖެ ނަމަ ވައުދުތައް ފުއްދޭނެ ގޮތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑު މިދެންނެވިހެން ރައްޔިތުންގެ މަޖިލިސް މުހިންމުވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ގަދަ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް. އެހެންކަމަށްވަންޏާ މިގޮތަށް ސަރުކާރެއް ހުއްޓިއްޖެއްޔާ އަޅުގަނޑުމެންނަށް މި ވައުދުތައް ފުއްދޭނެ ގޮތެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް އޮންނަންޖެހޭނެ ކަމަށާއި އެމްޑީޕީން ވީ ވައުދުތައް ފުއްދުމަށްޓަކައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟