ޚަބަރު

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ތަސްމީނު އައްޔަންކުރައްވައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް އަހުމަދު ތަސްމީން އަލީ އައްޔަންކުރައްވައިފިއެވެ.

ތަސްމީނަށް މަގާމުގެ ފަތްކޮޅު ދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްްގައެވެ.

އިނގިރޭސި ވިލާތުގެ، ޔުނިވާސިޓީ އޮފް ވޯކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ތަސްމީނަކީ މީގެ ކުރިން ހޯމް މިނިސްޓަރުކަމާޢި އެޓޯލްސް އެޑްމިނިސްޓްރޭޝަން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ތަސްމީނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު، އެ މަނިކުފާނުގެ ރަނިން މޭޓެވެ. އެފަހުން ޑީއާރުޕީގެ ލީޑަރުކަން ކުރެއްވުމަށްފަހު ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.