ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑައިންނަވާ 20 ކެނޑިޑޭޓުންނާއެކު މޯލްޑީވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި އެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި އެމްއާރުއެމްގެ ފަރާތުން އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ވަނީ އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދު އޮތްކަމުގެ ސިޓީއެއް ދެއްވައިފައެވެ. ކެނޑިޑޭޓުންނަށް އެ ސިޓީ ހަވާލުކުރައްވާފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެމްއާރުއެމްގެ ކެމްޕެއިނަށް ކިޔާނާކީ "މާއްދާ 4" ކަމަށް އެޕާޓީން ވަނީ މިރޭ ބުނެފައެވެ.
މާއްދާ ހަތަރެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެޕާޓީން ބުންޏެވެ. އެގޮތުން މާއްދާ ހަތަރަކީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއަށް އަލި އަޅުވާލާ އެއްޗެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ހުރިހާ ބާރެއް ފެށެނީ ރައްޔިތުންގެ ގާތުން ކަމަށް އެ ގާނޫނުގައި ބުނެއެވެ.
ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހުގެ އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންގެ ލިސްޓު ތިރީގައި އެވަނީއެވެ.
ތުޅާދޫ ދާއިރާ - އިބްރާހީމް އަފީފް
ތުލުސްދޫ ދާއިރާ – މުހައްމަދު ވަހީދު އިބްރާހީމް
ގުރައިދޫ ދާއިރާ – މުހައްމަދު ޝާހު
ދިއްގަރު ދާއިރާ – އަހުމަދު ނާޒިމް
މުލަކު ދާއިރާ – މުހައްމަދު ފައިސަލް
ނިލަންދޫ ދާއިރާ – މުހުސިން ހަމީދު
ކުޑަހުވަދޫ ދާއިރާ – އަލީ ޝިޒްމީ
ތ. ގުރައިދޫ ދާއިރާ – އިބްރާހީމް މަނިކު
އިސްދޫ ދާއިރާ – މުހައްމަދު ޝަފީގު
ގަމު ދާއިރާ – ފަރުހާދު ދާވޫދު
ފޮނަދޫ ދާއިރާ – އަބްދުﷲ ކަމާލުއްދީން
ތިނަދޫ އުތުރު ދާއިރާ – ސައުދުﷲ ހިލްމީ
މަޑަވެލި ދާއިރާ – އާފިޔާ އަލީ
ހިތަދޫ އުތުރު ދާއިރާ – އަލީ އިބްރާހީމް
ހެންވޭރު އުތުރު ދާއިރާ – އިބްރާހީމް ޒިޔަތު
ގަލޮޅު ދެކުނު ދާއިރާ – އައިމިނަތު ނާދިރާ
މައްޗައްގޮޅު އުތުރު ދާއިރާ – ފާރިސް މައުމޫން
މާފަންނު ހުޅަނގު ދާއިރާ – އިސްމާއީލް މާޖިދު
މާފަންނު މެދު ދާއިރާ – އިލްޔާސް ފަރުހާދު
މާފަންނު ދެކުނު ދާއިރާ – ހުސައިން ނަދީމް