ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ "މާކެޓް ސާރވޭ" އެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 10 އިން ފެށިގެން އެ ސާވޭ ކުރިއަށްދާނެ ކަމަށެވެ.
އެ ސާވޭގެ މައިގަނޑު މަގުސަދަކީ ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބީސީ ތަކާއި ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންގެ އިތުރުން އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު އެއްކުރުން ކަމަށް ވެމްކޯއިން ބުންޏެވެ.
އެންމެ ފުރަތަމަ ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަހައްދުގެ ގޭބިސީތަކާއި ވިޔަފާރިތަކެވެ.
އެ ސާވޭ ކުރިއަށްދާއިރު އެކަމުގައި ބައިވެރިވާ ފަރާތްތަކުން ވެމްކޯގެ ހާއްސަ ކާޑެއް ބޭނުންކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.