މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ގަވަރުނަރުގެ މައްސަލައެއް ބަލަން ފަށާފައިވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެނެވެ. ނަމަވެސް ހުށަހަޅާފައިވަނީ ކޮންކަހަލަ މައްސަލައެއްކަން ފުލުހުން ނުބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގަވަރުނަރު ނަސީރާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައި ވަނީ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އެ ގޮތުން ނަހަމަގޮތުގައި މަގާމުގެ ބޭނުން ކުރިކަމުގެ ތުހުމަތު ވަނީ ނަސީރަށް ކޮށްފައެވެ.