ބިލްތައް ކިޔާލަން ވަގުތު ނުދޭނަމަ އެ ބިލްތަކަށް ބަހުސް ކުރާނީ ކިހިނެއްތޯ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރައްވައިފި އެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ސުވާލު ކުރައްވާފައި ވަނީ ޖެހިޖެހިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަ އިރު ކޮންމެ ދުވަހަކުވެސް ވަކި ބިލަކަށް ބަހުސްކޮށް އެކި ބިލްތައް ފާސްކުރަމުން އަންނާތީއެވެ. މިގޮތުން ރޮޒައިނާ ވަނީ ކޮންމެ ދުވަހަކު ތެޅިގަނެގެން ހުށަހަޅާ ބިލްތައް ކިޔާލަން ފުރުސަތެއް ނުދީ ވޯޓަށް އަހަނީ ކޮން ބޭނުމެއްގައިތޯ ސުވާލު ކުރައްވައިފައެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ ބިލްތައް ކިޔާލަން ވަގުތު ނުދޭނަމަ އެއަށް ބަހުސް ނުކުރެވޭނެ ކަމަށާއި އެ ގޮތަށް ބިލްތައް ''ދަމާ ކޫއްތާކަށް'' ވޯޓެއް ނުދެވޭނެކަމަށް ވިދާޅުވެފައެވެ.