އިބްރާހިމް ޒަކީ
ހުޅުމާލޭގައި ހަދާ 7000 ފަލެޓް މަޝްރޫއުގެ ސްޓަކްޗާއަށް މިހާރު ގެންސްފައިވާ ބަދަލާއެކު ފްލެޓް ތަކުގެ ޖުމްލަ އަދަދު 3588 އަށް ތިރިވާނެ ކަމަަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި 7000 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، 2017 ވަނަ އަހަރު ކުރީގެ ސަރުކާރުން ފެށި، ހިޔާ މަޝްރޫއުގެ ދަށުން ހަދަން ނިންމީ 25 ބުރީގެ 16 ޓަވަރު ކަމަށެވެ.
އެއީ 550 އަކަފޫޓުގެ ދެ ކޮޓަރީގެ 6،880 ފްލެޓެވެ.
"މީ 2 ކޮޓަރީގެ 550 އަކަފޫޓުގެ 6880 ފްލެޓް، ފްލެޓަކަށް 5 މީހުންގެ ނިސްބަތުން ބަލާނަަމަ އެއީ 34،400 މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފްލެޓްތަކުގެ ސްޓްރަކްޗާ އަށް ބަދަލު ގެންނަން މި ސަރުކާރުން ނިންމީ އެތަނުގައި ދިއިރުޅެން ކަނޑައަޅާފައިވާ އާބާދީއަށް ބަލާއިރު، އިމާރާތުގެ ލިފްޓާއި ދެންހުރި އެހެނިހެން ހިދުމަތްތައްވެސް ނުފެތޭތީ ކަމަށެވެ.
އެގޮތުން ސްޓްރަކްޗާއަށް ބަދަލުގެނަސް ދެ ކޮޓަރީގެ 1،104 ހައުސިން ޔުނިޓާއި 3 ކޮޓަރީގެ 2،484 ފްލެޓަށް ބަދަލު ކުރުމުން، ހައުސިން ޔުނިޓްތަކުގެ އަދަދު 3،588 ބަދަލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފްލެޓް އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލުގެ ސަބަުން 7000 ފްލެޓް ޕްރޮޖެކްޓުން ފްލެޓް ލިބޭ މީހުންގެ އަދަދު މަދުވި ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވާމީހުންނަށް އިތުރަށް ފްލެޓް އަޅައިގެން މި ސަރުކާރުން ފްލެޓް ހޯއްދަވައި ދެއްވާނެ ކަމަށެވެ.