ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ހަނިމާދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރައްވައިފި އެވެ.
މިރޭ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކެންޑިޑޭޓު ދެއެއް ލިބިފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއަށެވެ.
މިހާރުވެސް ހަނިމާދޫ ދާއިރާގައި ހުންނެވި މެމްބަރު ހުސައިން ޝަހުދީއަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރު ހަތަރެކެވެ.
ހަނިމާދޫ ދާއިރާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ތަރުތީބު ތިރީގައި އެވަނީއެވެ.
1. އިދުރީސް އަބްދުﷲ އިރުދޯދި، ހދ. ހަނިމާދޫ (އަމިއްލަ ގޮތުން)
2. އަބްދުލްޣަފޫރު މޫސާ މ. ނޮރަންމަ، މާލެ (އެމްޑީޕީ)
3. އަބްދުﷲ އަފީފް މާފޮޅޭވިލާ، ހދ. ނައިވާދޫ (އަމިއްލަ ގޮތުން)
4. ހުސަައިން ޝަހުދީ ސާހިލް، ހދ. ހަނިމާދޫ (ޖުމްހޫރީ ޕާޓީ)