ޚަބަރު

ގާސިމް އާއި ކާނަލް ނާޒިމަކީ ކެނޑިޑޭޓް ނަމްބަރު ދެއެއް!

އަހުމަދު ޖައިޝަން

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބައިވެރިވެވަޑައިންނަވާ ދާއިރާތަކުގެ ކެނޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބުކޮށްފިއެވެ.

މިއަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ކުރިމަތިލައްވަނީ މާމިގިލި ދާއިރާއަށެވެ. އަދި ހަމަ އެ ޕާޓީގެ ފަރާތުން ނާޒިމް ކުރިމަތިލެއްވީ ދަނގަތީ ދާއިރާއަށެވެ.

ތިރީގައި އެވަނީ ކެނޑިޑޭޓުންގެ ދާއިރާއާއި ތަރުތީބެވެ.

މާމިގިލި ދާއިރާ

1. އަލީ އަމީޒު، ފިނިރޯޅި، އދ. މާމިގިލި (އެމްޑީޕީ)

2. ގާސިމް އިބްރާހީމް، މ. މާފަންނުވިލާ، މާލޭ (ޖުމްހޫރީ ޕާޓީ)

3. އަހުމަދު އިބްރާހީމް، އެވަރެސްޓް، އދ. މާމިގިލި (ލޭބާ ޕާޓީ)

ދަނގެތި ދާއިރާ

1. ހުސައިން ހުސްނީ، އޯކިޑް ވިލާ، އދ. އޮމަދޫ (އަމިއްލަ ގޮތުން)

2. މުހައްމަދު ނާޒިމް، މ. ސީނުކަރަންކާގެ، މާލެ (ޖުމްހޫރީ ޕާޓީ)

3. މައުމޫން އަބްދުއްސަމަދު، ކާމިނީގެ، އދ. ދަނގެތި (އަމިއްލަ ގޮތުން)

4. އިބްރާހީމް އަލީ، ރޯޒީ ހައުސް، އދ. ދިއްދޫ (އަމިއްލަ ގޮތުން)

5. އިބްރާހީމް ރަމީޒް، އެރޯމާ، އދ. ދަނގެތި (އަމިއްލަ ގޮތުން)

6. އަބްދުލްހަމީދު އަބްދުއްސަމަދު، ކާމިނީގެ، އދ. ދަނގެތި (އަމިއްލަ ގޮތުން)

7. މުހައްމަދު އިބްރާހީމް، މެޑޯޒް، އދ. ދަނގެތި (އެމްޑީޕީ)