ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މަޑުއްވަރީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރައްވައިފި އެވެ.
މިރޭ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކެންޑިޑޭޓު އެކެއް ލިބިފައިވަނީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ މުހައްމަދު އަމީތަށެވެ.
އެ ދާއިރާގެ ދެވަނަ ކެންޑިޑޭޓަކީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އަދި ތިންވަނަ ކެންޑިޑޭޓަކީ މަޖިލީހުގެ މިހާރުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންނެވެ.
މަޑުއްވަރީ ދާއިރާއަށް އިތުރު ދެ ކެނޑިޑޭޓަކުވެސް ވަނީ ކުރިމަތިލައިފައެވެ. އެއީ :
ކެނޑިޑޭޓް 4 - ހުސައިން ޝިހާމް، ނިޔާމަ، ރ. މަޑުއްވަރި (އަމިއްލަ ގޮތުން)
ކެނޑިޑޭޓް 5 - އާދަމް ޝިހާމް، ލިލީމާގެ، ރ. މަޑުއްވަރި (އެމްޑީޕީގެ ފަރާތުން)