ޚަބަރު

ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިން މީހުންގެ ލިސްޓު އާންމުކޮށްފި

4

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ފްލެޓް ދިން މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުވުން" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫއުތަކުގައި ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ ޑައުންލޯޑްސް، https://presidency.gov.mv/Downloads/dv/47 އިން ޑައުންލޯޑް ކުރެވޭނެއެވެ.

"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުވުން" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދު ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި ސިޓީ، އީމެއިލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅުއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟