ޚަބަރު

އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ދެ ބިދޭސީން ވެއްޓި އެކަކަށް އަނިޔާވެއްޖެ

އަހުމަދު ޖައިޝަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ސަރަހައްދުގެ އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ދެ ބިދޭސީން ވެއްޓި އެކަކަށް އެކި ކަހަލަ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 10:00ހާއިރު އިމާރާތެއްގެ ދެވަނަ ފަންގި ފިލައިން ވެއްޓުނީ އެ އިމާރާތުގައި ކުލަ ލާން އުޅުނު ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނިގޮތުގައި އިމާރާތުން ވެއްޓުނު ދެމީހުންގެ ތެރެއިން އެކެއްގެ ކުޑަހުޅަށާއި އުނަގަނޑަށް ވަނީ ތަދުވެފައެވެ. އަދި އަނެއް މީހާއަށް ފާހަގަކުރެވޭ ވަރުގެ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.