ޚަބަރު

އިމާރާތަކުން ވެއްޓުނު ބާލިދީއަކުން އަންހެނެއްގެ މޭމަތީގައި ޖެހިއްޖެ

އިބްރާހިމް ޒަކީ

އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ހިނގާފައިދިޔަ އަންހެނެއްގެ މޭމަތީގައި ޖެހިއްޖެއެވެ.

ފުލުހުން ބުނީ މިއަދު 13:50ހާއިރު މާވެޔޮ ގޯޅީގައި ހަދަމުންދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓި ޖެހިފައިވަނީ 28 އަހަރުގެ އަންހެނެއްގެ މޭ މަތީގައި ކަމަށެވެ.

ނަމަވެސް މިހާދިސާގައި އެމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހައުސިން މިނިސްޓްރީ އާއި ސިޓީކައުންސިލަށް ފުލުހުން ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.