ޚަބަރު

ހިފަހައްޓައިގެން ގެންގުޅުނު ދެ ދޫންޏެއް މިނިވަންކޮށްފި

ބަޔަކު ހިފަހައްޓައިގެން ގެންގުޅުނު ދެ ދޫންޏެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިނިވަންކޮށްފިއެވެ.

އީޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ފުލުހުންގެ އެހީތެރިކަމާއެކު މިނިވަންކުރީ ވ. އަތޮޅުގައި ގެންގުޅުނު ބްރަހްމިނީ ކައިޓް އަދި ގްލޮސީ އައިބިސްއެއް ކަމަށެވެ. އަދި ކަނޑުމަތީގެ ދޫނިތަކާއި ހިޖުރަކުރާ ދޫނި ނުހިފުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ދޫނި ހިފައިގެން ގެންގުޅޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.