ޚަބަރު

އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މީހަކަށް އަނިޔާވެއްޖެ

އދ. ދިގުރަށުގެ ހަރުގައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ރަށު ގެއެއްގައި ހުރި ހަރުގެއެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:04 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން އަލިފާން ނިއުވުމަށް ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި އެ ހާދިސާގައި 66 ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި މީހާއަށް ދިގުރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ ހާދިސާގައި އެ ހަރުގޭގައި އޮތް ކުޑަ ދޯންޏަކާއި ކައިރީގައި ހުރި ރުކެއް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ.