އިންޑިއާ ބަޔަކު ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ބުދުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފިއެވެ.
ރާއްޖެ އެތެރެކުރި 28 ބުދު މިރޭ ހިފަހައްޓާފައިވާކަން ކަސްޓަމްސްގެ މީޑިއާ އޮފިސަރު އައިޝަތު ވިލިނީ "ވަން އޮންލައިން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ވިލިނީ ވިދާޅުވީ އަޅުކަން ކުރަން ބޭނުންކުރާ ފަދަ ބުދުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި 27 ކުދި ބުދާއި އެއް ބޮޑު ބުދު ހިމެނޭ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު މާދަމާ ދެއްވާނެ ކަމަށް ވިލިނީ ވިދާޅުވިއެވެ.