ޚަބަރު

ވިމެންސް ޗެމްބާ އުވާލާކަށް ނޫޅެން: ފައްޔާޒް

އަހުމަދު ޖައިޝަން

2

ރާއްޖޭގައި އުފައްދާފައިވާ ވިމެންސް ޗެމްބާ އުވާލާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވިމެންސް ޗެމްބާ އުވާލައި އާ ޗެމްބަރެއް އުފައްދަން ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވުމާ ގުޅިގެންނެވެ.

އަނީސާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ''ވިމެންސް ޗެންބަރ'' އުވާލައި، އާ ޗެމްބަރެއް އުފައްދަން މިނިސްޓަރު ނިންމަވައިފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ފައްޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ވިޔަފާރިވެރިން ތަމްސީލުކުރުމަށް ވަކި ހާއްސަ ޖަމިއްޔާއެއް އުފައްދާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް "ވިމެންސް ޗެމްބާ"ގެ ނަމުގައި ކޯޕަރޭޓް ސޮސައިޓީއެއް އުފައްދާފައިވާ ކަމަށާއި އެ ވިޔަފާރި ޖަމިއްޔާ އުވާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި އެކަހަލަ ހުރިހާ ބައެއް ތަމްސީލުވާ މޯލްޑިވްސް "ވިމެންސް ޗެމްބާ އޮފް ކޮމާސް"އެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟