އައްޑޫ ސިޓީގައި ހިންގި މަސް ފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީގައި ހިންގި މަސް ފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:53 ހާއިރު ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ އޭރިޔާ ފަޔާ ސްޓޭޝަންގެ ސިފައިން، އަލިފާން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ބުނީ މިރޭ 7:30 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.